ކުޅިވަރު

އިބްރަހޮމްވިޗް ފަހު މެޗުގައިވެސް ދެ ލަނޑު ޖަހައިފި


ޕީއެސްޖީއަށް ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ކުޅެދިން ފަހު މެޗުގައިވެސް ދެ ގޯލް ޖަހައި އިތުރު ތައްޓަކާއިއެކު ސަޕޯޓަރުންނަށް އަލްވަދާއުކިޔައިފިއެވެ. ފްރެންޗް ކަޕްގެ ފައިނަލްގައި ރޭ އިބްރަހިމޮވިޗް ޕީއެސްޖީއަށް އޭނާގެ ފަހު މެޗް ކުޅުނީ މާސޭއާއި ދެކޮޅަށެވެ.

މެޗު ހަތަރެއް ދޭކުން ޕީއެސްޖީ ކާމިޔާބުކުރިއިރު، އޭނާވަނީ މެޗުގައި ދެ ގޯލްޖަހައި އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ. އިބްރަހިމޮވިޗްގެ އިތުރުން ޕީއެސްޖީގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެޑިންސަން ކަވާނީއާއި ބްލައިސް މަތުއިދީއެވެ. މާސޭއިން މެޗުގައި ޖެހި ދެ ލަނޑު އެޓީމަށް ޖަހައިދިނީ ފްލޯރިއަން ތުއަވިންއާއި މިޗީ ބަޓްޝުއާޔީއެވެ 

ރޭގެ މެޗަކީ އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗް ޕީއެސްޖީގެ ޖާޒީގައި ފެނުނު ފަހު މެޗެވެ. 2012 އަހަރު އޭސީ މިލާނުން ޕީއެސްޖީއާއި ގުޅުނު ފޯވާޑް ވަނީ ޕީއެސްޖީގެ ޖާޒީގައި ގިނަ ރެކޯޑްތަކެއް މުގުރާލާފައެވެ. މި ސީޒަންގައި އެކަނިވެސް ޕީއެސްޖީގެއަށް އިބްރަހިމޮވިޗް ވަނީ 50 ލަނޑު ޖަހާދީފައެވެ.