ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ. ސަރުކާރުން މިގޮތައް ނިންމަވާފައިވަނީ ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވާދެއްވުމަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ވިދާޅުވީ، އެ ނިންމެވުމާ އެއްގޮތަށް 100 ފްލެޓް ކަސްޓަމްސް އަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން، ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު މިމަހުގެ 30 ގައި ބޭއްވުނު ބައްދަލުވުމުގައި ދެއްވާފައިވާކަމަށެވެ.
މި ނިންމެވުމުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 85 ފްލެޓާއި، 2 ކޮޓަރީގެ 15 ފްލެޓްކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. މި މުވައްޒަފުންނާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މުވައްޒަފުންނަށް ގުޅަމުންދާނެކަމަށް ހައުސިން މިނިސްޓްރީން ކަސްޓަމްސްއަށް ވަނީ އަންގާފައެވެ.
ކަސްޓަމްސްއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމާއި، މުވައްޒަފުންގެ ވެލްފެއަރއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކަސްޓަމްސްއިން އެންމެ އިސްކަންދޭ ކަންތައްކަމަށެވެ. އެހެންކަމުން އެ 100 ފްލެޓް ހޯދުމަށާއި އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ 4000 ފްލެޓްގެ ތެރެއިން ކަސްޓަމްސްއަށް 100 ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުވެސް އޮތީ ނިންމާފައެވެ. އަދި އޭރު ފްލެޓްތަކުގެ ލިސްޓުގައި ހުރި މައްސަލަތައް އޭސީސީން ބެލިއިރު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ 100 ފުލެޓާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހު، އާންމުކުރަން އޭސީސީން އޮތީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަންގާފައެވެ.