ޚަބަރު

ޗައިނާއާ ގުޅިގެން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަނީ


  • ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް

  • މިމަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ

މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި، ޗައިނާ ސަރުކާރާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.

ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއެލްއޯއީގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްކޯޕަރޭޝަން(ސިޑްކާ)ގެ ޗެއަރމަން ލިއޯ ހައޯހުއިއެވެ.

ދެޤައުމުގެ ދެމެދުގައި ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެވުމަށްފަހު މިމަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވާނެކަމަށް ޗައިނާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.