އަތޮޅުތައް

ބ. އޭދަފުށީގެ ވަށައިގެން ބޮޑުހިލަ ޖަހައި ނިންމާލައިފި


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ރަށް ވަށައިގެން ބޮޑުހިލަ ޖެހުމަށް ހިންގި މަޝްރޫއު ފުރިހަމަކޮށް ނިންމާލައިފިއެވެ.

އޭދަފުށީ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓް އެއްކޮށް ނިންމާލާފައިވާއިރު އޭދަފުށީގެ ވަށައިގެން 2000 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ބޮޑުހިލަޖަހާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކޮށްފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެން ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 857 މީޓަރުގެ މަސައްކަތް ކޮށްފައިވަނީ ހެވީ ފޯސް ކުންފުނިން ކަމަށާއި ދެވަނަ ފިޔަވަހީގައި ހިމެނޭ 1300 މީޓަރުގެ ސަރަހައްދުގައި ބޮޑުހިލަ ޖަހާފައިވަނީ އެމްޓީ ހޯގާޑް ކުންފުނިންނެވެ.

ބ.އޭދަފުށީގެ ވަށައިގެން ބޮޑުހިލަ ޖަހަން ފަށާފައިވަނީ ނިމިދިޔަ އަހަރުގެ މޭމަހުއެވެ.