ޚަބަރު

ކާނަ ވިހަވެގެން ހޮސްޕިޓަލުގައި ފަރުވާދިން އެންމެން ދޫކޮށްލައިފި


  • ކާނާ ވިހަވެގެން 32 ދަރިވަރަކަށް ފަރުވާދިން

އައްޑޫ ސިޓީގައި ކާނަ ވިހަވެގެން އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިން އެންމެން މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެތެރެއިން 2 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދިނެވެ. އަދި މިހާރު އެދަރިވަރުންގެ ޙާލު ރަނގަޅުވެ، ދެ ދަރިވަރުން ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކަކަށް ފަރުވާދޭން ފެށީ އެރޭގެ ރޭގަނޑުގެ ކެއުމަށްފަހު ކާނާ ވިހަވެގެންނެވެ.

ޕޮލިސް ކޮލެޖުގައި 100 އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ.