ޚަބަރު

ކާނާ ވިހަވެ އައިސީޔޫގައި ފަރުވާދެމުންދިޔަ ދެ ދަރިވަރުންގެ ޙާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން


  • 32 ދަރިވަރުން ކާނާ ވިހަވި

ކާނާ ވިހަވަގެން އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދަރިވަރުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ރޭ ކާނާ ވިހަވެގެން ފަރުވާދޭން ފެށިއެވެ. އޭގެތެރެއިން 2 ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. އެ ދެ ދަރިވަރުންނަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދެ ދަރިވަރުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ހާދިސާގައި ޕޮލިސް ކޮލެޖަށް އެހީތެރިކަން ފޯރުކޮށްދެއްވި އައްޑޫގެ ހުރިހާ މުއައްސަސާތަކަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

"ވަކިން ޚާއްޞަކޮށް އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެރިންނާއި މުއައްޒަފުންނަށް ޝުކުރު ދަންނަވަން" ޝިފާން ވިދާޅުވިއެވެ.

ޕޮލިސް ކޮލެޖުގައި 100އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ.