ޚަބަރު

ދަ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ޑިމޮކްރެޓްސްގެ އިސްވެރިންނާ މެންބަރުނަށް ތަޙުނިޔާ ފޮނުއްވެވި

"ދަ ޑިމޮކްރެޓްސް" ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެމަނިކުފާނު ތަހުނިޔާ ފޮނުއްވެވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ޕާޓިގެ އިސްވެރިންނަށާއި މެންބަރުންނަށް ރައީސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.


ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެދިގެން އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ޕާޓީގައި އުފެދުނު ޚިޔާލު ތަފާތުންވުންތަކަށް ފަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 4364 އެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކޮށް 7.18 އިންސައްތަ ވޯޓާއެކު ވަނީ ތިންވަނަ ހޯދާފައެވެ. އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެެއިން 15839 ވޯޓް ވަނީ އެޕާޓީއަށް ލިބިފައެވެ.