ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުން ހުވާކޮށްފި


  • ޚިދުމަތާ އަލަށް ގުޅުނީ 19 އަންހެން ފުލުހުންނާއި 65 ފިރިހެން ފުލުހުން

  • މީގެ އިތުރުން ސްޕެޝަލް ކޮންސްޓަބިއުލަރީ 7 ފުލުހެއްވެސް ހުވާކުރެއްވި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން މަޤާމުގެ ހުވާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު އޮފިސަރުންނަށް މަޤާމުގެ ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ޢަލްއުސްތާޒު އިބްރާހީމް އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުންނެވެ. އެއީ 19 އަންހެން ފުލުހުންނާއި 65 ފިރިހެން ފުލުހުންނެވެ. އޭގެ އިތުރުން ސްޕެޝަލް ކޮންސްޓަބިއުލަރީ 7 ފުލުހުންނެވެ. ހުވާކުރުމަށްފަހު މި ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަހްމަދު ބިޝާރު، ހެޑް އޮފް ސެރަމަނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.