ޚަބަރު

ސިހުރުގެ މައްސަލައެއްގައި ހައްޔަރުކުރި 2 މީހެއްގެ ބަންދަށް އިތުރު 7 ދުވަސް


  • ސިޙުރުގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވަނީ ޖޫން 23 ވަނަ ދުވަހު

  • މިއީ މުއްދަތު ޖެހި 2 ވަނަ ފަހަރު

ސިހުރުގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ 2 އަންހެނުންގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ޝަމްނާޒް ޢަލީ ސަލީމްއާއި އިތުރު 2 މީހެކެވެ. ޖޫން 23 ވަނަ ދުވަހު މިދެމީހުން ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުންވަނީ މީގެކުރިންވެސް މިދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިދީފައެވެ.

ބަންދުގެ މުއްދަތު ހަމަވެގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެވަނަ ފަހަރަށްވަނީ 7 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.