ޚަބަރު

ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ކޮންފަރެންސެއް ބާއްވައިފި


  • 100އަށް ވުރެއް ގިނަ ފަރާތުން ބައިވެރިވި

  • ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާ ބެހޭ މުހިންމު މައުލޫތު ހިއްސާކުރި

ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ޚާއްސަ ބޭސް ތަކާމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސަރވިސަސް އިން ޚާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.

މި ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ކްރޮސްރޯޑް މޯލްޑިވްސްގައެވެ.

އެސްޓީއޯއިން ބުނީ މިކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖެއަށް ތަޢާރަފް ކުރި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލިމީހުންނަށް ފަރުވާކުރުމަށް ޚާއްސަ ބޭސްތަކުގެ ތެރެއިން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ދައުރެއް އަދާ ކުރާ ބޭހެއްކަމުގައި އެމެރިކާގެ އެފްޑީއޭ އިން ނިންމުމުން މިއާ ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން 100 އަށް ވުރެ ގިނަ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން މިކޮންފަރެންސްގައި ބައިވެރިވެރިފައިވާ ކަމަށް އެސްޓީއޯއިން ހާމަކުރިއެވެ. އެސްޓީއޯއިން ބުނީ މިކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތު ހިއްސާ ކުރައްވާފައެވެ.

އެސްޓީއޯ މެޑިކަލް ސަރވިސަސް އަކީ އަބަދުވެސް ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކުންފުންޏެކެވެ. އެސްޓީއޯ މެޑިކަލް ސަރވިސަސްގެ މައިގަނޑު މަޤްސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ޞިއްޙީ ދާއިރާގެ ފެންވަރު އިތުރަށް ކުރިއެރުވުން ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.