ޓުއަރިޒަމް

އޯޑިޚު ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ރަޝިޔާގައި ބާއްވާ އޯޑިޚު ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، މިފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމުއްދަތުގެ ނިޔަލަށް ރަޖިސްޓްރީވާން ޖެހޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ހާމަކޮށްފިއެވެ. 

ފަތުރުވެރިކަމާއި ދަތުރުފަތުރަށް ޚާއްޞަކޮށްގެން ބާއްވާ 22 ވަނަ އިންޓަރނޭޝަނަލް ޓްރޭޑް ފެއަރ އޯޑިޚްގައި ބޭއްވޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 21 އިން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މަޓާޓޯއާއެކު މިފެއަރގައި ރާއްޖެ ތަމްސީލްކުރުމަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން މިފެއަރގައި ބައިވެރިވުމަށް މަޓާޓޯއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. 

ރަޝީޔާގައި ބާއްވާ އޯޑިޚް ފެއަރއަކީ، މަތީ ފެންވަރުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ފެއަރއެކެވެ.