ޚަބަރު

ދަނޑު މައްޗަށް އަރައި ރޮނަލްޑޯއާއެކު ސެލްފީ ނެގި ކުޑަކުއްޖާ މެޗުތަކަށް ނުވަދެވޭ ގޮތަށް ސަސްޕެންޑުކުރަނީ


ދަނޑު މައްޗަށް އަރާ ރޮނަލްޑޯއާއެކު ސެލްފީ ނެގި ކުޑަކުއްޖާ މެޗުތަކަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކުރަން ޔުއެފާއިން ނިންމައިފި އެވެ.

ތުރުކީ އަތުން 3-0 ން ޕޯޗްގަލް މޮޅުވި މެޗު ނިމުނު ވަގުތު ކުޑަ ފިރިހެން ކުއްޖަކު ދަނޑު މައްޗަށް އަރާ ސެންޓަރ ސާކަލް ތެރޭގައި ހުރި ރޮނަލްޑޯ ކައިރިއަސް ގޮސް ކުޑަކުއްޖާގެ މޮބައިލް ފޯނުން ސެލްފީ ނަގާ މަންޒަރު ފެންނަ ވީޑިއޯ ދަނީ ދައުރުވަމުންނެވެ. ރޮނަލްޑޯ ވެސް ހިނިތުންވުމާއެކު ކުޑަކުއްޖާ ކޮނޑަށް އަތް ލައިގެން ސެލީފައި ހުއްޓި ހުރުމުން ސަމާލުކަން ބޮޑުވިއެވެ.

ސެލްފީ ނަގާ ނިމުން އިރު ދަނޑުގެ ސެކިއުރިޓީ ގާޑް ކުޑަ ކުއްޖާ ފަހަތުން އައިސް އަރާ ހަމަވުމުން، ކުޑަކުއްޖާ ދުއްވައިގަތުމުން ރޮނަލްޑޯ ދެފަރާތަށް ބޫހާރާ ހިނިތުންވެފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ. ޔުއެފާއިން ނިންމާފައި ވަނީ ޔޫރޯ 2024 ގެ ކުރިއަށް ހުރި މެޗުތަކަށް ނުވަދެވޭ ގޮތަށް ކުޑަކުއްޖާ އަށް އަދަބު ދިނުމަށެވެ.

ކުޑަކުއްޖާ ނެގި ފޮޓޯ މެޗު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިޔާއަށް އަޕްލޯޑް ކުރުމުން އެފޮޓޯ ވަރަށް ބޮޑަށް ދަނީ ދައުރުވަމުންނެވެ. މިގޮތަށް ދަނޑު މައްޗަށް އަރާ ސެލްފީ ނެގުމަކީ ބޮޑަތި މުބާރާތްތަކާއި، ޚާއްޞަ މެޗުތަކުގެ ތެރެއިންވެސް ފެންނަ ކަމެކެވެ. އެފަދަ ހާލަތްތަކުގައި ދަނޑުގެ ސެކިއުރީޓީ ހުރަސްކުރި ކަމަށް ބަލާ ޔުއެފާގެ ގަވާއިދުގެ ދަށުން ސަސްޕެންޑް ކުރެއެވެ. ކުޅުންތެރިންނާއި އޮފިޝަލުންގެ ސަމާލަމަތާއި ރައްކާތެރިކަމަށް ޔުއެފާއިން ވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއެވެ. ނަމަވެސް ފޭކް މެސްކޮޓް ކޮސްޓިއުމްގައި ދަނޑަށް އެރި މައްސަލައެއްވެސް ވަނީ މުބާރާތުގެ ތެރެއިން ފެންމަތި ވެފައެވެ.