ޚަބަރު

ފިޔޯރީން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި


  • ގެއްލިގެން ހޯދަނީ 8 އަހަރުގެ ކުއްޖެއް

  • އެންމެ ފަހުން ފެނުނީ މިއަދު ހަވީރު

ގދ. ފިޔޯރީއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ އުމުރުން 8 އަހަރުގެ ކުއްޖެއްކަމަށެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 07:08 ހާއިރުކަމަށެވެ.

އެ ކުއްޖާ އެންމެ ފަހުން ފެނުނީ ދިރިއުޅެ ގެއިން، މިއަދު ހަވީރު 17:00 ހާއިރުކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ރަށު ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެެވެ.

ސޯޝަލް މީޑިއާގެ ބައެއް ޕޭޖުތަކުގައި ޙިއްސާކޮށްފައިވާގޮތުގައި ގެއްލިގެން ހޯދަމުންދަނީ ގދ. ފިޔޯރީ، 8 އަހަރު، މަރިޔަމް މީނާލް މުޙައްމަދުއެވެ.