ޚަބަރު

ބްރިޖު ހައިވޭގައި ސައިކަލެއް ކަހާލާ ހިނގި އެކްސިޑެންޓުގައި ޒަޚަމުވި މީހާ މަރުވެއްޖެ


  • ނިޔާވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް

  • އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލެއް ކަހާލާ ހިނގި އެކްސިޑެންޓުގައި ޒަޚަމުވި މީހާ މަރުވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 6:40 ހާއިރެވެ. މި ޙާދިސާގައި ޒަޚަމުވި މީހާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައިކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޙާދިސާގައި ނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ސައިކަލު ކަހާލާ ވެއްޓި ފެންސުތަކުގައި ޖެހިގެންކަމަށެވެ.

މި ޙާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.