ޚަބަރު

ނަތީޖާއާ މެދު މާޔޫސްނުވޭ: ޔޫލްމަން


"
އަހަރެމެން ކުޅޭނީ ފަޔާ އާއި ޕެޝަން އާއެކު،
ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި ރޭ އިންގްލެންޑްއާ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން ބުނީ، މެޗުގެ ނަތީޖާއާ މެދު މާޔޫސްނުވާ ކަމަށެވެ.

ޔޫލްމަން ބުނީ، ނަތީޖާއާ މެދު މާބޮޑު ހިތްހަމަނުޖެހުމެއް ނެތް ނަމަވެސް، މެޗުން އެއަށްވުރެ ގިނަ ކަންތައްތައް ހާސިލްވާންޖެހޭނެ ކަމަށެވެ.

ޑެންމާކްގެ މިޑްފީލްޑަރު، ޕިއޭ-އެމީލް ހޮއިބިއޭ ބުނީ، ޑެންމާކުން މެޗަށް ނިކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، އެގޮތުން އިންގްލެންޑްގެ ތަރިންނަށް ޓީމެއްގެ ގޮތުގައި ކުޅެން އުނދަގޫތައް ކުރިމަތިކުރެވުނު ކަމަށެވެ.

ހޮއިބިއޭ އިތުރަށް ބުނީ، ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި، އަމިއްލަ ގައުމުގައި ކުޅެވޭ ކަމުގެ އިހްސާސްތަކެއް ކުރެވޭ ކަމަށެވެ. އިންގްލެންޑްގައި ތިބި މޮޅު ކުޅުންތެރިންނާއެކު އެ ޓީމުން ފަހު ހާފުގައި ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ހޮއިބިއޭ ބުންޏެވެ.

މުބާރާތުގައި ޑެންމާކަށް ދެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 އަންގާރަ ދުވަހުގެ ރޭ ސާބިއާ އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.