ކުޅިވަރު

ލަމީން ޔަމާން: އުމުރު 16 އަހަރު، އެތައް ރިކޯޑެއްގެ ވެރިއެއް، އެދެނީ ތައުރީފު ނުކުރަން

ހިޔާލަށް ގެންނާށެވެ. އުމުރުން 16 އަހަރުގައި ތިމާގެ ގައުމީ ޓީމު ތަމްސީލު ކުރުމަކީ ހާދަހާ ބޮޑު ފަހުރެކެވެ. ސްޕޭނުގެ ލަމީން ޔަމާލް ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ޝަރަފު ހާސިލްކޮށްފި އެވެ.
ބާސެލޯނާގެ ތަރި ވަނީ ކްރޮއޭޝިޔާ އަތުން ސްޕޭން 3-0އިން މޮޅުވި މެޗުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. އޭނާ މި މެޗަށް ނުކުންއިރު އިދިކޮޅު ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރީ ޔަމާލްގެ ކުލަބު ބާސެލޯނާގެ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗެވެ. މި ދެ ކުޅުންތެރިން އުމުރު ހާސްބައި ތަފާތެވެ. މޮޑްރިޗްގެ އުމުރުން މިހާރު 38 އަހަރުވެއްޖެ އެވެ. ޔަމާން ދުނިޔެއަށް ފުރަތަމަ ނޭވާލީ ވެސް މޮޑްރިޗަށް 21 އަހަރު ފުރުނު ފަހުންނެވެ. އެއިރު ކްރޮއޭޝިޔާގެ ލީގު ދެ ފަހަރު ކާމިޔާބުކޮށް، ގައުމީ ޓީމަށް މޮޑްރިޗް 14 މެޗު ވެސް ކުޅެފި އެވެ.

މޮޑްރިޗްގެ ކްރޮއޭޝިޔާ ބަލިކުރަން ސްޕޭނުގެ ތިން ވަނަ ގޯލު، ޑެނީ ކަވަހާލް ޖެހީ ޔަމާލް ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 51 މެޗު ކުޅެދީ ހަތް ގޯލު ޖަހައިދީފަ އެވެ. އެކަމަކު އޭނާ ދަންނަ ކޮންމެ މީހަކު ވެސް ގައުމީ ޓީމާއި ކުލަބު ލެވެލްގައި އޭނާގެ ތަފާތު ހުނަރު ދެކެފައި ކުޑަނަމަވެސް ސުވާލެއް ނުއުފައްދާނެ އެވެ.

ޔަމާލަށް 17 އަހަރު ފުރޭނީ ޔޫރޯ ފައިނަލުގެ އެއް ދުވަސް ކުރިންނެވެ. މީގެ ކުރިން ޔޫރޯގައި ކުޅުނު އެންމެ ހަނގު ކުޅުންތެރިއަކީ ޕޮލެންޑްގެ ކޮޒްލޮވްސްކީ އެވެ. 2021 ވަނަ އަހަރު އޭނާ މި ޝަރަފު ހާސިލްކުރީ ސްޕޭނުގެ ސެވިއްޔާގައި ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގައި އުމުރުން 17 އަހަރާއި 246 ދުވަހުން މެޗަށް ނުކުމެގެންނެވެ. އެކަމަކު ޔަމާލްގެ އުމުރަށް ބަލާއިރު އޭނާ ގިނަ ރެކޯޑްތަކެއް މުގުރާލާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

"
"އޭނާ ކޮށްފާނެ. އަހަރުމެންނަށް ހިޔާލަށް ވެސް ގެންނަން އުނދަގޫ އޭނާ ހާސިލްކޮށްފާނެ ރެކޯޑްތައް. އަހަރެން ހަނދާންވޭ އޭނާ ވަރަށް ޅައިރު. ގިނަ މީހުން މިފަދަ ހުނަރެއް ލިބުނީމާ ވަރަށް އަމިއްލަ އެދުން ބޮޑުވާނެ. އެކަމަކު ޔަމާލަކީ ތަފާތު ކުޅުންތެރިއެއް،"
ޖޫނިއާ ލެވެލްގައި ޔަމާލަށް ކޯޗުކޮށްދިން އިވާން ކަރަސްކޯ ބުންޏެވެ.

އޭނާ ބުނީ ޔަމާލްގެ ފުށުން ފެނުނީ އޭނާ އަށް ތައުރީފް ކުރުމުން އެކަމާ އުފާނުކުރާ މަންޒަރު ކަމަށެވެ.

"
"ކޯޗެއްގެ ގޮތުން އަހަރެން ބައެއް ފަހަރު ހީވޭ އަހަރެން ކޯއްޗެއްހޭ އިތުރަށް އޭނާ އަށް ބުނެދޭނީ އެހާ ޅަ އިރުގައި ވެސް. އެހާ ވެސް މޮޅަށް އޭނާ ކުޅެމުންދިޔަ. އަހަރެންނަށް ފެނުނީ މޮޅު މި ކުއްޖާ ތައުރީފް ކުރަން ބޭނުންނުވިތަން. އޭނާ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް،"
ކަރަސްކޯ ބުންޏެވެ.

ބާސެލޯނާގެ ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަދި އެކުލަބުގެ ގްރާސްރޫޓް ފުޓްބޯޅަ އެކްސްޕާޓަކަށް މަސައްކަތް ކުރި މިހާރުގެ ޓީވީ ޖާނަލިސްޓް ޖައުމޭ މާކެޓް ބުނީ ކެޓަލޯނިއާގެ ކެޑޭޓް މުބާރާތުގައި ޔަމީން ޔަމާލްގެ ކުޅުން ފެނިފައި އޭނާ ހައިރާންވި ކަމަށެވެ.

"
"އަހަރެން ދެކުނިން މެސީ އާދަޔާ ހިލާފަށް މޮޅަށް ކުޅެނިކޮށް. އެކަމަކު ލަމީން ޔަމާލް އޭނާ އަށްވުރެ ދޮށީ ކުދިންނާއެކު އެ ކުޅުނު ފަދަ ގޮތަކަށް ކުޅުނު ތަނެއް ނުދެކެން. އެދުވަހު އޭނާ ވަރަށް މޮޅު،"
ޖައުމޭ މާކެޓް ބުންޏެވެ.

އުފާފާޅު ކުރުމަށް ލަމީންގެ ޔަމާލް ގެންގުޅޭ ޓްރޭޑްމާކަކީ 304 އެވެ. މިއީ ވާތުން ތިން އިނގިލި ކަނާތުން ހަތަރު އިނގިލި ދައްކައި އެ ދެމެދުން ސުމެއް ސިފަވާގޮތަށް އޭނާ ގެންނަ ހަރަކާތެކެވެ. އަދި މިއީ އޭނާ އުޅެބޮޑުވި ސްޕޭނުގެ ރޮކަފޮންޑާގެ ކޯޑް ނަންބަރެވެ. ރޮކަފޮންޑާ އަކީ ސްޕޭނަށް އަންނަ ފަތުރުވެރިންގެ މަންޒިލެކެވެ.

ޔަމީން ޔަމާލަކީ ސްޕޭނަށް ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއެކެވެ. ބައްޕައަކީ ސްޕޭނާ އިންވެގެން އޮތް މޮރޮކޯ މީހެކެވެ. މަންމަ އަކީ އިކުއޭޓޯރިއަލް ގިނީގެ މީހެކެވެ. ބާސެލޯނާގެ ސްކައުޓުންނަށް އޭނާ ފެނުނީ ރޮކަފޮންޑާގެ ޕާކުތަކުގައި ކުޅެނިކޮށެވެ. މަޝްހޫރު ލަމާސިއާ އެކަޑަމީ އަށް އޭނާ ވައްދަކަން ބައްޕަ ޔަމާލް ގޮވައިގެން ގޮސް އެހީ އަހަރެންގެ ދަރިފުޅު ބާސެލޯނާ އަށް ކުޅެން ކަލޭމެން ބޭނުން ހެއްޔެވެ؟ ޖަވާބުގައި ބާސެލޯނާއިން އާއެނކޭ ބުނުމުން ޔަމާލްގެ ބައްޕަ އެދުނީ އެހެންކަމަށްވާނަމަ އޭނާގެ ދަރިފުޅަށް އެންމެ ފުރަތަމަ ކަމަކަށް އުނގަންނައިދިނުމަށެވެ.

ޔަމާލް އާއި އޭނާގެ މައިން ބަފައިންނާއި އެޖެންޓުން ބާސެލޯނާގެ އޮފިޝަލުންނާއި ކޮންމެ އާދީއްތަ އަދި އަންގާރަ ދުވަހަކު ބައްދަލުކޮށް މަޝްވަރާތައް ބޭއްވި އެވެ. ކަރުދާހުގެ މަސައްކަތްތައް ނިމުމުން ލަމާސިއާ އެކަޑަމީ އަށް ޔަމާލް ވެއްދުމާއެކު ވެސް އެތަނުގެ ކޯޗުން އޭނާގެ ކުޅުމަށް ލޯބުކުރި އެވެ. ކުލަބުގެ ރަސްމީ ޗެނަލަށް ދިން އިންޓވިއު އެއްގައި ޔަމާލް ބުނީ ރޮކަފޮންޑާގައި އުޅުނުއިރު ގޭގައި ހޭދަކުރި ވަގުތަށްވުރެ ގިނަވާނީ ގެއާ ކައިރީގައި އޮތް ޕާކުގައި ފުޓްބޯޅަ ކުޅެން ހޭދަކުރި ވަގުތުކަމަށެވެ. އަދި ގެއިން ބޭރަށް އަޅާ ކޮންމެ ފިޔަވަޅަކީ ފުޓްބޯޅަ ކުޅެން އެޅި ފިޔަވަޅެއް ކަމަށެވެ.