ކުޅިވަރު

ސްކޮޓްލަންޑް: މަރުގެ ތުންފަތްމަތީގައި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލޭންޑާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗަކީ މަރުގެ ތުންފަތްމަތީގައި ތިވެގެން ސްކޮޓްލޭންޑް ކުޅެން ޖެހޭ މެޗެކެވެ. މާމަތިވެރި އުއްމީދެއްގައި މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނާ ވާދަކުރަން ނުކުމެ އެމީހުން ބަލިވީ 5-1އިންނެވެ. މިއީ ކޯޗު ސްޓީވް ކްލާކަށް ވެސް ފާޑުކިއުން އަމާޒުވި ސަބަބެކެވެ. ސަބަބަކީ މިއީ އެ ގައުމުގެ ތާރީހުގައި ވެސް ދެވަނަ އަށް ކުރިމަތިވި އެންމެ ގޯސް އެއް ނަތީޖާއަށްވުމެވެ. މިހާތަނަށް އެންމެ ބޮޑު ބައްޔަކުން ބަލިވެފައިވަނީ 1936 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އުރުގުއޭ އަތުން 7-0އިންނެވެ.

ޖަރުމަނާ ދެކޮޅަށް ސްކޮޓްލޭންޑަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ސްކޮޓްލޭންޑްގެ އެންމެ ދަށް ޕާފޯމަންސްވެސްމެ އެވެ.

ނަމަވެސް އޭނާ ވަނީ އެ މެޗުގެ ހަނދާންތަކުން ޓީމު ދުރުކޮށް އަލުން ފަށައިގަތުމަށް މިރޭ މެޗަށް ކުޅުންތެރިން ތައްޔާރު ކުރުމަށް ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ހޯދާފަ އެވެ. ކޯޗު ކްލާކް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޖަރުމަނު މެޗަށް ފުރިހަމައަށް ތައްޔާރުވެވިއްޖެކަމަށް ހީކޮށް މާގިނަ ވާހަކަ ދެއްކުމުން، މި މެޗާމެދު ގިނަ ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަމަށެވެ.

ކޯޗަށްވުރެ ގިނަ ވާހަކަ ދެއްކީ ކެޕްޓަން އެންޑީ ރޮބަޓްސަން އެވެ. ލިވަޕޫލަށް ކުޅޭ ވާތު ބެކް ބުނީ ފުރަތަމަ މެޗުގައި ސަޕޯޓަރުންގެ ހިތުގައި ޖެހިއްޖެ ކަމަށާއި މިހެންވެ ހުރިހާ ކުޅުންތެރިން ވެސް ތިބީ އެކަން ބަދަލުކޮށް އިތުބާރު ހޯދަން ތައްޔާރަށް ކަމަށެވެ. ރޮބަޓްސަން އަދި ބުނީ ސްވިސް ޓީމަކީ އަވަސް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި އެކަމަކު ސްކޮޓްލޭންޑްގައި މެޗެއް ކާމިޔާބު ކުރެވޭނެ ތަޖުރިބާ އާއި ހުނަރުކުރިކަން އެންމެވެސް ގަބޫލުކުރާ ކަމަށެވެ. މިހާތަނަށް ހަގީގަތަކަށްނުވެ އޮތީ ނަތީޖާ ނެރުން އެކަނި ކަމަށާއި ކުޅުންތެރިން ތިބީ ސަޕޯޓަރުން މާބޮޑަށް ތައްޔާރުވެފައި ތިއްބައި ބޮޑު ބައްޔަކުން ބަލިވުމުން އެކަމާ ވަރަށް ދެރަވެފައި ކަމަށެވެ.

މި މެޗުގައި ނުކުޅެވޭނީ ޖަރުމަނު މެޗުގައި ރަތްކާޑު ދެއްކި ޑިފެންޑަރު ގްރާންޑް ހަންސްލޭ އަށް އެކަންޏެވެ. އެހެން ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓްކޮށެވެ.

ސްވިސް ޓީމު މި މެޗަށް ތައްޔާރުވާއިރު ކޯޗުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޯވަޑް ލައިންގެ އެތުރުން ބައްޓަކުރާނެ ގޮތެއް ނިންމިފައިނުވުމެވެ. ސަބަބަކީ ނިމިދިޔަ މެޗުގައި ފަހުހާފުގައި ކުޅެން ނުކުމެ ބްރީލް އެމްބޯލޯ ގޯލެއް ޖެހުމެވެ. މި މެޗުގައި ގޯލް ޖަހައި އޭނާ ދެއްކި ރަނގަޅު ރަނގަޅު ކުޅުމާއެކު ފުރަތަމަ 11 އެމްބޯލޯ ހިމެނުމަށް ކުޅުންތެރިން ވެސް އަންނަނީ ކޯޗަށް ފިއްތުން ކުރިމަތިކުރުވަމުންނެވެ. ސަބަބަކީ ގައުމީ ޓީމުގައި ބޮޑު މުބާރާތްތަކުގައި އަބަދުވެސް އޭނާ ގޯލް ޖަހާ ބޫޓަށް އަރައިގެން ހުންނާތީ އެވެ. އެމްބޯލޯ ވަނީ ގައުމީ ޓީމުގައި ކުޅުނު ބޮޑު ތިން މުބާރާތުގައި ވެސް ގޯލް ޖަހާފަ އެވެ.
މި ދެ ޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2006 ވަނަ އަހަރު އެވެ. އެ މެޗު 3-1އިން ކާމިޔާބު ކުރީ ސްވިޒަލޭންޑެވެ.