ކުޅިވަރު

ޔޫރޯ މެޗުތައް ކުޅޭ ސްޓޭޑިއަމުތައް ކައިރީ ސަންސްކްރީން ހިލޭ!


ޖަރުމަނުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދު ތަކުގައި ހިލޭ ލިބޭ އެއްޗިހީގެ ލިސްޓްގައި ސަންސްކްރީން ހިމެނިއްޖެއެވެ.

ޢާއްމުގޮތެއްގައި އެފަދަ ސަރަހައްދު ތަކުން ހިލޭ ލިބެނީ ފެނެވެ. ޖަރުމަނުގައި ވަރލްޑްކަޕް ކުޅޭ ސްޓޭޑިއަމްތައް ކައިރީ ފެންވެސް ހިލޭ ބަހައެވެ. ފެނުގެ އިތުރުން ސަންސްކްރީން ހިލޭ ބަހަނީ ގަދަ ހޫނުން ރައްކާތެރިވުމަށް ބާރު އެޅުމަށެވެ. ގަދަ ހޫނުން ރައްކާތެރި ވުމަށް ސަންސްކްރީން ބޭނުން ކުރުމަށް ޖަރުމަނުގެ ފެޑެރަލް އޮފީސް ފޯ ރޭޑިއޭޝަން ޕްރޮޓެކްޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ. ނަމަވެސް ޖަރުމަނުގެ 10 ސިޓީއަށް ދަތުރުކުރާ ފުޓްބޯޅަ ސަޕޯޓަރުން ދަތުރަށް ތައްޔާރުވާއިރު ގެންދަން އިސްކަންދޭ ތަކެތީގެ ލިސްޓުން ސަންސްކްރީން އަށް އިސްކަމެއް ނުދެއެވެ. ނަމަވެސް ނުރައްކާތެރި ޔޫވީ ރޭޑިއޭޝަނުން ރައްކާތެރި ވުމަށް ސްޓޭޑިއަމް ސަރަހައްދުތަކުގައި ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެއީ ސަންސްކްރީން ބަހައިގެންނެވެ.

ސްޓޭޑިއަމް ސަރަހައްދު ތަކުގައި ހުރި ބޮޑަތި ފޭން ޒޯންތަކުން ސަޕޯޓަރުންނަށް ބޭނުންވާ އެފަދަ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ލައިޕްޒިގް ފޭން ޒޯންގައި 15،000 މީހުންނަށް ވަދެވޭވަރުގެ ބޮޑު ދެ ކުޑަވެސް ވަނީ ބަހައްޓާފައެވެ. މިއީވެސް ގަދަ ހޫނާއި ވާރޭ ވެހިއްޖެ ނަމަ ވާރޭއިން ސަލާމަތްވުމަށް ބަހައްޓާފައިވާ ދެ ކުޑައެވެ.

ފޭން ޒޯން ތަކުން ފެން ހިލޭ ލިބެއެވެ. މީގެއިތުރުން ބޮޑަތި ސްކްރީން ތަކުގައި މެޗު ބެލުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. ސަޕޯޓަރުންނަށް މިޔުޒިކާއެކު އުފާވެރި ވަގުތުތަކެއް ހެދަކުރެވޭނެ ގޮތަށް ފޭން ޒޯންތައް ވަނީ ތައްޔަރުކޮށްފައެވެ.