އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވަކިކޮށްފިއެވެ.
ސްޓިމަކް، 56، މަގާމުން ވަކިކުރިކަން އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ ހޯމަ ދުވަހު ކަށަވަރުކޮށްދީފައެވެ.
އެގޮތުން، އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ރަސްމީ ބަޔާނުގައިވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ކެމްޕޭންގައި ނަތީޖާތައް ގޯސްވުމުގެ ސަބަބުން މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ އިންޑިއާގެ ސީނިއާ ފުޓްބޯޅަ ޓީމަށް އައު ހެޑްކޯޗެއްގެ އެހީތެރިކަން ހޯދުމަށް ކަމަށެވެ.
އިންޑިއާގެ ކޯޗުގެ މަގާމާ ސްޓިމަކް ހަވާލުވީ 15 މެއި 2019 ގައި އޭރުގެ ކޯޗު، ސްޓެފަން ކޮންސްޓަންޓީން މަގާމުން ދުރުކުރުމުންނެވެ.
ސްޓިމަކް ވަނީ އިންޑިއާ ފުޓްބޯޅަ ޓީމާއެކު ހޭދަކުރީ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ހަތަރު މުބާރާތް ކާމިޔާބުކޮށްފައެވެ.
އެއީ، ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް، އެއް އިންޓަކޮންޓިނެންޓަލް ކަޕާއި ޓްރައި-ނޭޝަންސް ސީރީޒް ޓްރޮފީއެވެ. އޭގެތެރެއިން، ތިން ޓްރޮފީ އެއް އަހަރުގެ ތެރޭގައި ހޯދުމަށްފަހު ސްޓިމަކް ވަނީ އިންޑިއާގެ ތާރީޚުގެ ތެރެއަށް ޖެހިލައިފައެވެ.
ސްޓިމަކް ވަނީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދީ ކްރޮއޭޝިއާ ޓީމުގައި ހިމެނިފައެވެ.