ކުޅިވަރު

ސްލޮވާކިއާ ހުރީ ބެލްޖިއަމަށް ދޫދޭ ގޮތަކަށް ނޫން


ބެލްޖިއަމްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން، ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ބުނީ، ބެލްޖިއަމް އަކީ ފޭވަރިޓުކަމަށް ވިޔަސް އެމީހުން އަތުން ޕޮއިންޓެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބެލްޖިއަމް އަކީ ކައުންޓާގައި މޮޅު ޓީމަކަށްވިޔަސް އޭނާގެ ޓީމުގެ ވެސް ރަނގަޅު ކަންތައްތައް އެބަހުރިކަމަށް ކަލްޒޯނާ ބުންޏެވެ. އެކަމަކު، އެމީހުންގެ ކައުންޓާތަކުގެ އިތުރުން ކޮލިޓީއާމެދު ހާސްވާކަމަށް ކަލްޒޯނާ ވަނީ ބުނެފައެވެ.

ކަލްޒޯނާގެ ވާހަކައިގައި ވަނީ، އޭނާގެ ޓީމުގެ ހާލަތު ރަނގަޅު ކަމަށާއި، ހުރިހާ ކުޅުންތެރިން ރިކަވާވެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްފައެވެ.

ސްލޮވާކިއާގެ ކެޕްޓަން، މިލާން ޝްކްރިނިއާރް ބުނީ، ކެވިން ޑި ބްރޭނާ ފަދަ ކުޅުންތެރިއަކު ހުއްޓުވުމަށް އުނދަގޫވާނެ ކަމަށާއި، އެކަމަކު އޭނާގެ ޓީމުން އެކަމަށް ހައްލެއް ހޯދާނެ ކަމަށެވެ.

އަދި ސްލޮވާކިއާ އިން ލަނޑުޖެހުމުގެ ފުރުޞަތުތައް ވެސް ތަނަވަސްކުރާނެ ކަމަށް އޭނާ ބުންޏެވެ. ޝްކްރިނިއާރް ވަނީ، މިވަރުގެ ބޮޑު މުބާރާތެއްގެ ބޮޑު މެޗެއްގައި ކެޕްޓަންކަން ކުރުމަކީ ހާއްސަ ޝަރަފެއްކަމަށް ބުނެފައެވެ.