ޚަބަރު

ދަރުބާރުގެ ކައިރީ ހިނގި މާރާމާރީއަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި


  • މާރާމާރީގައި އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން

  • އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވޭ

ދަރުބާރުގެ ކައިރީ މިރޭ މާރާމާރީއެއް ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިރޭ 22:30 ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މާރާމާރީގައި އެކަކަށް އަނިޔާވެ، ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި، އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިނަމަވެސް އެމީހުންނާގުޅޭ އިތުރު ތަފްޞީލެއް މިހާތަނަށް ހިއްސާކުރައްވާފައެއްނުވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.