ޚަބަރު

ރައްޔިތުންނަށްދޭ ޚިދުމަތް ހަލުވިކޮށް ޒަމާނީކުރަން ސިވިލް ސަރވިސްގެ އެއްބާރުލުން ބޭނުންވޭ: ނައިބު ރައީސް


  • ސިވިލް ސާވިސްއިން ކުރަނީ މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވި

  • ސިވިލް ސަރވިސް ކޮންފަރެންސުން އޮށްޓަރުހުރ،ި އާރުލާ ނިންމުންތަކެއް ނިންމުމަށް އެދިވަޑައިގެންނެވި

ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް ޒަމާނީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސަރވިސްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، 4 ވަނަ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައިދެއްކެވި ވާހަކަފުޅުގައެވެ.

ސިވިލް ސަރވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ މީގެ 17 ވަރަކަށް އަހަރުކުރިން އުފެދިގެންދިޔަ ސިވިލް ސަރވިސްގެ މިއަދު ފެނިގެންދަނީ ޒަމާނާ ގުޅޭ ވަރަށް ހެޔޮ ބަދަލުތަކާއެކު އޮތް
މިނިވަން މުއައްސަސާއެއްގެ ގޮތުގައިަކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަން މަސައްކަތްކުރާ އެއް ބަޔަކީ ސިވިލް ސަރވިސްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ކޮންމެ ސަރުކާރެއްގެވެސް އަމާޒުތައް ޙާޞިލްކޮށްދިނުމުގައި ދިވެހި ސިވިސް ސަރވިސް އިން ޤައުމީ ލޯބީގައި މުރާލިކަމާ ޖޯޝާއެކު ތައުރީފު ޙާއްޤު ޚިދުމަތްތަކެއް ކޮށްދެމުންދާކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމަށާއި، ސަރުކާރުގެ ކޮންމެ ވުޒާރާއަކާ ކޮންމެ އޮފީހަކުންވެސް އެއްވެސް ދައްޗެއް ނެތި ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމަށެވެ.

ސަރުކާރެއް ހިންގުމަށް ސިވިލް ސަރވިސް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ޚިދުމަތުގެ އެންމެ މުހިންމު އެއް މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް ޒަމާނީކޮށް ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދުނުންކަމަށްވުމުން އެކަމުގައި ސިވިލް ސަރވިސްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިމިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސަރވިސްއިން ފުރިހަމައަށް ވާގިވެރިވެދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. ޚިދުމަތްދިނުމުގައި މުހިންމު ދެކަމެއް އަޅުގަނޑު މި މުނާސަބާގައި ފާހަގަކޮށްލަން ބޭނުންވޭ. އެއްކަމަކ،ީ ހިނިތުންވުމާއި އޯގާތެރިކަމާއެކު
ޚިދުމަތް ދިނުން ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނ،ީ ވަރަށް ހަލުވި ކަމާއެކު ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ބަދަލުވަމުން މިދާ ދުނިޔޭގައ،ި ޒަމާނާ
ގުޅޭގޮތަށް ޚިދުމަތް ދިނުން" ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި އެތައް އިރަކު ކިއުގައި ޖެހިގެން ޚިދުމަތް ހޯދަން ތިބެން ޖެހުމަކީ މި ޒަމާނުގެ ޓެކްނޮލޮޖީއާއެކު ހައްލު ހޯދެނެ ކަންކަން ފާހަގަކުރައްވައި ގޭގައި ތިބެގެން "އޮންލައިން" ކޮށްވެސް ޚިދުމަތް ލިބެން ޖެހޭކަމަށާއި މީގެ އިތުރުން ޚިދުމަތެއް ފޯރުކޮށްދެވުމުމުން އެ ޚިދުމަތެއް
ރަނގަޅުކުރަން ހުރި ކަންކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުގެ އަމާޒާއެއްގޮތަށް މަސައްކަތްކުރުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނަށް ވީހައި ސާފުކޮށް އޮޅުންފިލުވައިދީގެން ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދަން ސަރުކާރުން ފަށާފައިވާ ދަތުރުގައި ދިވެހި ސިވިލް ސަރވިސްގެ އެއްބާރުލުން ސަރުކާރުން ބޭނުނުންވާކަމަށް ވިދާޅުވެ ނާއިބު ރައީސް ވަނީ ސިވިލް ސަރވިސް ކޮމިޝަނާއި
ސިވިލް ސަރވިސް މުވައްޒަފުން އެދި ވަޑައިގަންނަވާ ކަންކަން ފަހިކޮށްދީ ފަސޭހަކޮށްދިނުމަށް ސަރުކާރުން ރެޔާއި ދުވާލު މަސައްކަތް ކުރައްވާނެކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާ ލެއްވީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު މިފެށުނު ސިވިލް ސަރވިސް ކޮންފަރެންސަކީ މުހިއްމު ނިންމުންތަކެއް ނިންމޭނެ ފާގަތި ކޮންފަރެންސަކަށް ވެ ގެން ދިއުމަށާއި ކޮންފަރެންސްގެ ސަބަބުން ސިވިލް ސަރވިސްގެ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ޒަމާނީ ޙައްލުތަކެއް ލިބިގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވަމުންނެވެ.