ޚަބަރު

އައްޑޫގެ ފެނުގެ ޚިދުމަތަށް ދިމާވި މައްސަލަ ފެނަކައިން ހައްލުކޮށްފި


  • މައްސަލަ ހައްލުކުރީ ބޯހޯލް ޕަންޕެއް އިންސްޓޯލްކޮށްގެން

  • އައްޑޫގެ ފެނުގެ ނިޒާމުގެ އަޕްގްރޭޑު ކުރުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުން ވަނީ ފަށާފައި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައްކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫ ފެނުގެ ޚިދުމަތް ފޯރުކޮށްދެނީ ހިތަދޫގައި ޤާއިމްކުރެވިފައި ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓަކުންނެވެ. އެ ޕްލާންޓަށް ދިމާވި މައްސައަކާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ޕީކް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެދުކެނޑުން ފަހަކަަށްއައިސް އިތުރުވަމުންދާތީ އެކަމުގެ ދަތިތައް ރައްޔިތުންނަށްދަނީ ކުރިމަތިވަމުންނެވެ.

މިމައްސަލައަށް ހައްލު ގެނައުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަން ފެނަކަ ކޯޕަރޭޝަނުން ވަނީ މުހިއްމު މަސައްކަތްތަކެއް ފާށާފައެވެ. އެގޮތުން ބޯހޯލް ޕަމްޕެއް ފޮނުވައި އެ ޕަމްޕު
މިހާރު ވަނީ އިންސްޓޯލް ކުރެވިފައިކަމަށް އެކުންފުނިން ވިދާޅުވިއެވެ. އައު ޕަމްޕު ހަރުކުރެވުމުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއްވިއެވެ.

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއު ނިމިގެންދާއިރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާއިރު، ޖުމްލަ 282 މިލިއަން ރުފިޔާ މި މަޝްރޫޢުގެ ތެރެއިން އައްޑޫގެ ފެން ރައްކާކުރުމަށް މިހާރުހުރި އިންތިޒާމު 10 ގުނަ އިތުރު ކުރެވޭނެއެވެ.

އެގޮތުން މިހާރު 4 ގަޑިއިރަށް ފެން ރައްކާ ކުރެވޭ ގޮތަށް ގާއިމްކޮށްފައިވާ ނިޒާމު، ކުރިއަށް އޮތްތަނުގައި 7 ދުވަހަށް ފެން ރައްކާ ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.