ޚަބަރު

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


  • ފޯމް ބަލައިގަންނާނީ ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30އިން މެންދުރުފަހު 12:30އަށް

  • ފޯމް ބަލައިގަންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ، އެކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއާރްސީއެމް މެމްބަރެއްގެ މަގާމް ހުސްވެފައިވާތާ އަހަރަކަށްވުރެ ގިނަދުވަސްވަނީ ވެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެޗްއާރްސީއެމްއަކީ އިންސާނީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކޮށްދިނުމަށް 2003ވަނަ އަހަރު ސަރުކާރުން އުފެއްދެވި މިނިވަން ކޮމިޝަނެކެވެ. މިކޮމިޝަންގައި އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ.