ޚަބަރު

ބިދޭސީ މީހާ މަރުވި މައްސަލާގައި ލޯންޗު ދުއްވި މީހާ ޙައްޔަރުކޮށްފި


  • ހާދިސީ ހިނގީ މިއަދު ހެނދުނު

  • މަރުވީ ބަންގްލަދޭޝް މީހެއް

  • ލޯންޗު ދުއްވި މީހާ މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

އދ. ދަނގެތީ ކައިރީގައި ފާނަ މަސްވެރިކަމަށް ގޮސް އުޅުނު މީހާގެ ގައިގައި ލޯންޗުން ޖެހުނު މައްސަލައާއި ގުޅިގެން ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

ލޯންޗުން ޖެހި މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ. ދަނގެތީ ކައިރިއަށް އެމީހާ ފާނަ މަސްވެރިކަމަށް ގޮސްއުޅުނީ ދިވެއްސަކާއި އިތުރު 4 ބިދޭސީންނާއެކުކަމަށް މަޢުލުމާތު ލިބިފައިވެއެވެ.

ފުލުހުން ވިދާޅުވީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މަޢުލޫމާތު ލިބުިފައިވަނީ ހެނދުނު 07:55 ހާއިރުކަމަށެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ލޯންޗު ދުއްވަން އިނީ ދިވެއްސެއްކަމަށާއި، އޭނާ މިހާރު ޙައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.