ތ.ގުރައިދޫގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމަށް ބޭނުންކުރާ ޑިސްޓްރިބިއުޝަން ޕެނަލް އަޕްގްރޭޑްކޮށް ނިންމައި ބޭނުން ފަށައިފިއެވެ.
ތ.ގުރައިދޫގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ދަށުން ކަރަންޓް ދޫކުރުމަށް ހިންގާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް، ޕޮއިސްޑް މަޝްރޫޢުގެ ދަށުންނެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީގެ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ދަނީ ރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރުމާއި، ކަރަންޓް ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނަކައިން މިހާރު ތ.ގުރައިދޫގައި ކުރިން ބޭނުން ކުރުމުންދިޔަ ޑިސްޓްރިބިއުޝަން ޕެނަލް އަޕްގެރޭޑްކޮށް 8000 އެމްޕައަރުގެ ލޯ ވޯލްޓޭޖް ޑިސްޓްރިބިއުޝަން ޕެނަލް އިންސްޓޯލްކޮށް ނިންމާފައެވެ. އަދި އެ ޕެނަލް ބޭނުންކޮށްގެން މިހާރު މުޅި ރަށަށް ކަރަންޓް ދޫކުރަމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ.
އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރިޕެއަރިންގ އައުޓަރ އައިލޭންޑް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑެވެލޮޕްމެންޓް(ޕޮއިސްޑް) ގެ ދަށުން ތ.ގުރައިދޫގައި ކުރިން ބޭނުން ކުރުމުން ދިއަ ޑިސްޓްރިބިއުޝަން ޕެނަލް އަޕްގެރޭޑްކޮށް 8000 އެމްޕައަރުގެ ލޯ ވޯލްޓޭޖް… pic.twitter.com/3gFblrS33g
— Fenaka Corporation Ltd (@TeamFenaka) May 30, 2024
ޕޮއިސްޑް ނުވަތަ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (އޭ.ޑީ.ބީ.) ޕްރޮގްރާމަކީ ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މިއީ އޭ.ޑީ.ބީ. އާއި ދިވެހި ސަރުކާރު ގުޅިގެން ޢިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަކާއި އެއްކޮށްލައިގެން ހައިބްރިޑް ހަކަތައިގެ ސިސްޓަމްތަކެއް ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ކަރަންޓުގެ ޚަރަދު ކުޑަކުރުމާއި، ޖައްވަށް ބޭރުކުރާ ދުމުގެ ބައި ކުޑަކުރުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ބޮޑު ތަނުން ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ފެނަކައިން ބުނެއެވެ.