ޚަބަރު

ޗައިނާ ފަތުރުވެރިން އިތުރުކުރަން އަލީބާބާ ގްރޫޕްގެ ފްލިޖީއާއެކު މަޝްވަރާކޮށްފި


  • ބައްދަލުވުން ބޭއްވީ އަލީބާބާގެ ހެޑްކުއާޓާޒްގައި

  • ޗައިނާއަކީ މިހާރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޤައުމު

އަލިބާބާ ގްރޫޕްގެ ދަށުން ހިންގާ ފްލިޖީގައި ރާއްޖެ އިޝްތިހާރުކުރުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވަނީ އަލިބާބާ ގްރޫޕްގެ ނައިބު ރައީސް އަދި ފްލިޖީގެ ސީއީއޯ ޒޮރާން ޒުއަންގްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރުން ބާއްވާފައިވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ އަލިބާބާ ގްރޫޕްގެ ހެޑްކުއާޓާޒްގައެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމާއި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމަށް ފްލިޖީއާއިއެކު މަޝްވަރާކުރައްވާފައެވެ. އަދި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފްލިޒީއަކީ ޗައިނާގައި އެންމެ ކުރިއަރާފައިވާ އޮންލައިން ޓްރެވެލް ޕްލެޓްފޯމޭވެ. މި ޕްލެޓްފޯމް ޓިކެޓާއި އަދި ޗުއްޓީ ހޭދަކުރަން ބޭނުންވާ މަންޒިލްތައް ބުކްކުރުމުގެ ޚިދުމަތް ހޯދައެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 98000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކުރައްވާފައެވެ.