ޚަބަރު

އެމްއެމްޕީއާރްސީގެ ހިންގުން އެކުންފުނީގެ ޑީއެމްޑީ ބައްސާމްއާ ހަވާލުކޮށްފި


  • ބައްސާމްއާ ކުންފުނި ހިންގުން ހަވާލުކުރީ ވަގުތީގޮތުން

  • މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤު މިހަފްތާގައި ވަނީ މަގާމުން ވަކިކޮށްފައި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ވަގުތީގޮތުން ހިންގުން އެކުންފުނީގެ ޑެޕިއުޓީ މޭނޭޖިންގް ޑިރެކްޓަރ މުހައްމަދު ބައްސާމް އާދަމްއާ ހަވާލުކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލިނިވެރި ފަރާތްތަކަށް ކަމުގައިވާ ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޓައިޒޭޝަން ބޯޑުން ވިދާޅުވީ، އެމްއެމްޕީޯއާރުސީ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ބައްސާމްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާއާ ކުންފުނި ހިންގުން ހަވާލުކޮށްފައިވަނީ މިވަގުތު ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރެއް ނެތުމުންނެވެ.

އެމްއެމްޕީއާރްސީގެ ހިންގުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާ ހަވާލުކުރިއިރު، އިއްޔެ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ތައުފީޤު ނީ އެ މަޤާމުން ވަކިކޮށްފައެވެ. އޭނާ މަޤާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މިހަފްތާގެ ކުރީކޮޅު އެ ކުންފުނީގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހް ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ދާދި ފަހުން ބޯޑުގެ ހިމެނިވަޑައިގަންނަވާ މަޓީ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު ރާފިލްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.