ޚަބަރު

މިފްކޯގެ ސީއީއޯގެ މަޤާމުން ސަމާހު ވަކިކޮށްފި


  • ސަމާހު މަޤާމުން ވަކުކުރެއްވިކަން ހާމަކުރެއްވީ ޕީސީބީން

  • މިދިޔަ މާޗުމަހު މަޤާމުގެ މަސްއޫލިއްޔަތުތަކުން ސަމާހު އެކަހެރިކުރުމަށްފަހު، އޭޕްރީލްމަހު އޭނާގެ ސަސްޕެންޝަން އުވާލި

މިފްކޯގެ ސީއީއޯ މަޤާމުގައި ހުންނެވި އަހުމަދު ސަމާހު އެމަޤާމުން ވަކިކޮށްފިއެވެ.

މިފްކޯގެ ސީއީއޯ މަޤާމުން އަހުމަދު ސަމާހު ވަކިކުރެއްވިކަން ހާމަކުރީ ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

ޕީސީބީން ބުނީ މިފްކޯގެ ސީއީއޯ މަޤާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކުރައްވާފައި ނުވެއެވެ.

މިފްކޯގެ ސީއީއޯ މަޤާމުން އަހުމަދު ސަމާހު ވަކިކޮށްފައިވާއިރު، މިދިޔަ މާޗުމަހުގެ ތެރޭގައި އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުންވެސް އެކަހެރިކޮށްފައެވެ. ނަމަވެސް އޭޕްރީލްމަހު އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.