ޚަބަރު

އޮޅުވާލައިގެން އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެ


  • އެކި ވާހަކަ ދައްކާ ހައްދާލައިގެން ގެންދަނީ ފޭސް 2 ގެ ޓަވަރަކަށް

  • މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން

އޮޅުވާލައިގެން ހުޅުމާލެ ފޭސް 2 ގެ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ޓަވަރަކަށް އެކި ވާހަކަ ދައްކައި ހައްދާލައިގެން މީހުން ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ފުލުހުން ވަނީ މިގޮތަށް ގޮތް ނޭނގޭ ބަޔަކު ތަންތަނަށް ދާން އެދުނު ކަމުގައިވިއަސް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ފޭރޭ މައްސަލަ މީގެ ކުރިންވެސް ރިޕޯޓްކޮށްފައިވެއެވެ. އެފަދަ މައްސަލަތަކުގައި އާންމުކޮށް އެފަދަ މީހުން އެކަހެރިކޮށް ބިރު ދައްކާ ފޭރިގަނެއެވެ.