ކެނޯއެއްގައި މޫދަށް ނިކުމެ އުޅުނު ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރަފެލްސް މޯލްޑިވްސް ރިސޯޓުންކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ ރަފެލްސް މޯލްޑިވްސް ރިސޯޓް ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހެއްކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު ފަހު 15:30ހާއިރުއެވެ. ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.