 
										
			ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އުޅަނދެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ ސަހަރާ ކުރިމަތީ މަގުގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ވަގުތުން ގެންދެވުނު ކަމަށް ފުލުހުން ވިދާޅުވެއެވެ.
		
 
										 
										
			ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އެއީ ބިދޭސީއެއްކަން ފުލުހުން ހާމަކޮށްފައިވީ ނަމަވެސް އެއީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.