ޚަބަރު

ބްރިޖުގައި ބާރަށް ދުއްވި ސައިކަލަކުންޖެހި ބަޔަކަށް އަނިޔާވެއްޖެ


  • އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރަށް ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހުމުން

ސިނަމާލޭ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ބަޔަކަށް އަނިޔާވެއްޖެއެވެ.

މިރޭ ހިނގި މި އެކްސިޑެންޓުގައި ބާރަށް ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އަނެއް ސައިކަލުގައި އިން ކުޑަކުއްޖަކަަށާއި ފިރިހެނަކަށް އަނިޔާތަކެއް ލިބުނު ނަމަވެސް، ސިރިއަސް އަނިޔާއެއް ނުލިބޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ބަލުންދާކަމަށެވެ..