ޚަބަރު

ބަނޑޭރި ކޮށީގެ އެޕާޓްމަންޓަކުން މަރުވެފައޮއްވާ ފެނުނީ ދިވެހި ފިރިހެނެއް


  • މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓްޕްސީ ހަދަން ފުލުންވަނީ ނިންމާފަ

  • އޭނާ ފެނުނު އެޕާޓްމެންޓަކީ ބޭނުން ނުކުރާ އެޕާޓްމެންޓެއް

  • ފުލުހުން ދަނީ މައްސަލަ ތަހުޤީޤު ކުރަމުން

ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައިއޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން ނިޔާވެފައިވާ އޮތްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިމައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ، މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށި އެޕާޓްމަންޓެއް ބަލައި ފާސްކުރަމުންދަނިކޮށެވެ.

އެމީހާ ފެނުނު އެޕާޓްމެންޓަކީ މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭ އަދި ބޭނުން ނުކުރާ އެޕާޓްމެންޓެއް ކަމަށް ޔަޤީން ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުންދަނީ މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންނެވެ.