ޚަބަރު

ގައްދޫ ކައިރީގައި ފުރަތަމަ ފަހަރަށް ކަނދުފައްޗެއް އަޅައިފި


  • ކަނދުފަތި އަޅާފައިވަނީ ގދ.ގައްދޫގެ އިރު ދެކުނުން 4 މޭލު ބޭރުގައި

ގދ.ގައްދޫ ކައިރީގައި އެޅި ކަނދުފަތި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތި އެޅުއްވުމުގެ މަސައްކަތުގެ ތެރެއިން ގދ.ގައްދޫ ކައިރީގައި ކަނދުފައްޗެއް އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތި އެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާއިރު، އެންމެފަހުން ކަނދުފަތި އަޅާފައިވަނީ ގދ.ގައްދޫގެ އިރު ދެކުނުން 4 މޭލު ބޭރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ މި ސަރަހައްދުގައި މަސްކަނދުފައްޗެއް އެޅި ފުރަތަމަ ފަހަރުކަމަށެވެ. މިކަނދު ފައްޗާއެކު މިހާރު މުޅި ޖުމްލަ 83 ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް މިސަރުކާރުން 23 ކަނދުފަތި އަޅާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އާންމުގޮތެއްގައި މަސްކަނދަކީ، ރާއްޖޭގައި މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ އެއްޗެކެވެ. އެގޮތުން މަސްވެރިކަމުގެ ޚަރަދުތައް ކުޑަކުރުމަށް މަސްކަނދު ވިއުގަ އިތުރަށް ފުޅާ ކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ. ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް މަސް އައިސް، ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ތިޔާގިވެއެވެ.

ކަނދުފަތީގެ ކައިރީގައި ކުރުން މަނާ ބައެއް ކަންތައްތަކުގެ ތެރޭގައި ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުން ހިމެނެއެވެ. އަދި ކަނދުފަތީގެ ބޮލަށް ވައު އައްސައި އޭގައި ދޯނިފަހަރު އަޅައިގެން ތިބުކީވެސް މަނާ ކަމެކެވެ. މިހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.