ޚަބަރު

"ވޯޓުލުން ފުރިހަމަގޮތުގައި އަދާކުރުމަކީ ޤައުމުގެ މަސްލަހަތާއި ކުރިއެރުމަށް ކޮންމެހެން ބޭނުން ކަމެއް"


  • ރައީސް ޞާލިހް ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް

  • މަޖިލިސް އިންތިޚާބުގައި 89 ދާއިރާއަކަށް އެމްޑީޕީން ވާދަކުރޭ

ވޯޓުލުމަކީ ޤާނޫނީ ގޮތުން ލިބިފައިވާ ޙައްގެއް ކަމަށާއި، ކޮންމެ ރައްޔިތަކުވެސް ނިކުމެ މިޙައްގު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަކީ ޤައުމުގެ މަސްލަހަތާއި ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިހެން ވިދާޅުވީ ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައި ހުރި ވޯޓު ފޮށްޓަށެވެ. އެމަނިކުފާނު ވޯޓު ލެއްވުމަށް ވަޑައިގެންނެވީ 10:30 ހާއިރުއެވެ.

ވޯޓު ލެއްވުމަށްފަހު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްވަނީ ވީހާވެސް ގިނަމީހުން ނިކުމެ ވީހާ އަވަހަކަށް ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވޯޓުލުމަކީ ޤާނޫނީ ގޮތުން ލިބިފައިވާ ޙައްގެއް ކަމަށާއި، ކޮންމެ ރައްޔިތަކުވެސް ނިކުމެ މިޙައްގު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަކީ ޤައުމުގެ މަސްލަހަތާއި ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާ ހިމެނޭއިރު އެމްޑީޕީން މިއިންތިޚާބުގައި 89 ދާއިރާއަކަށް ވާދަކުރެއެވެ.