ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ، ހާލު ރަނގަޅު


  • ގެއްލިގެން ހޯދީ ފުވައްމުލައް ސިޓީ 37 އަހަރުގެ އިބްރާހިމް ޝާހިން

  • އޭނާ ގެއްލިގެން ރިޕޯޓްކުރީ މިރޭ 21:30 ހާއިރު

ހުޅުމާލެ ހިޔާ ފްލެޓުތަކާ ދިމާލުން މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ ފުވައްމުލައް ސިޓީގެ 37 އަހަރުގެ އިބްރާހިމް ޝާހިން ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިރޭ 21:30 ގައެވެ.

ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް އަދި މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިއިރު މިރޭ 11:50 ހާއިރު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށާއި ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.