ޚަބަރު

އެއަރޕޯޓުން މަސްތުވާތަކެތި ބޭރުކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި


  • މަސްތުވާތަކެތި ހުރި ލަގެޖެއް ވީއައިއޭ އިން ބޭރުކުރަން އުޅެފައިވޭ

  • މިމައްސަލައިގައި އެމްއޭސީއެލްގެ 2 މުވައްޒަފަކުވެސް ހައްޔަރުކުރި

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް، ވީއައިއޭއިން 4.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގަ ހިމެނޭ މަސްތުވާތަކެތި ފެނިފައިވަނީ، އުސޫލުން ބޭރުން، މާޗް 15ގައި އެއަރޕޯޓުން ނެރެން މަސައްކަތްކުރި ލަގެޖަކުން ކަމަށެވެ. މިލަގެޖުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ، ހެރޮއިން އާއި މެތް ހިމެނޭ ގޮތަށް ޖުމުލަ 4.5 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ މީހަކާއި އެމްއޭސީއެލްގެ 2 މުވައްޒަފުންގެ އިތުރުން މަސްތުވާތަކެތި ހުރި ލަގެޖާއި ހަވާލުވާން ދިޔަ މީހާއެވެ.

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މައްސަލައިގަ ހިމެނޭ އެންމެ އިސް މީހާ ކަމަށް ބެލެވޭ، އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ހިމެނޭތީ އެކަން ވަރަށް ސީރަސްކޮށް ބަލަމުންދާކަމަށް ކަމަށެވެ.