ޚަބަރު

ސިޓިޒެންޝިޕް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ތަސްދީޤްކުރައްވައިފި


ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރައްވައިފިއެވެ. 

ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތުކަން ދޫކޮށްލެވޭނެ އިޖުރާއަތުތައް ބަޔާންކުރާ ބިލެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.