ޚަބަރު

ބެލްޖިއަމްގެ ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ބެލިޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިހާރު ކުރިޔަށްދާ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. 

މިއެކްސްޕޯގައި ރާއްޖެ ތަމްސީލްކުރަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރިކަމުގެ ކުންފުނިތައް ގުޅިގެނެވެ. މިއެކްސްޕޯގައި ރާއްޖެއިން ބައިވެރިވަނީ، ދެމެހެއްޓެނިވި ދިވެހިން ބާނާ މަހުން އުފައްދާ އުފެއްދުންތައް ޔޫރަޕާއި އެހެނިހެން ޤައުމުތަކުގައި މާރކެޓްކޮށް ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުންވެސް މަޤްޞަދު ތެރޭގައި ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. 

މިއެކްސްޕޯގައި ދުނިޔޭގެ ސީފުޑްގެ ވިޔަފާރީގައި ޙަރަކާތްތެރިވާ 49 ޤައުމުތަކުން 1500 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެއެވެ.