ސިޔާސީ

އެމްޑީޕީ ކުރިއަށްދާނީ މާޒީން ޢިބުރަތް ހާސިލްކޮށްގެން މުސްތަޤްބަލަށް ވިސްނައިގެން: ރައީސް ޞާލިޙް


  • ރޭ އޮތީ އެމްޑީޕީގެ މާފަންނު އުތުރު ކެމްޕެއިންހަރަކާތެއް

  • އެމްޑީޕީގެ ލީޑާރޝިޕުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި

ޤައުމު ހަމަމަގަށް އަޅުވަން އަނެއްކާވެސް އެމްޑީޕީ ވެރިކަމަށް އަންނަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރޭ މާފަންނުގައި ބޭއްވި އެޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ، އެޕާޓީން އަބަދުވެސް ކުރިއަށްދާނީ މާޒީން އިބުރަތް ހާސިލްކޮށްގެން، މުސްތަޤްބަލަށް ބަލައިގެންކެމަށެވެ.

"މިއީ ކުރާ ދިގުދަތުރެއް. މިދަތުރުގައި ފުރަތަމަ ފިޔަވަޅަކަށް މިމަސައްކަތް(އެމްޑީޕީއަށް ވޯޓު ދިނުން) ކުރައްވަމާ ހިންގަވާ. އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ މުސްތަޤުބަލަށް. މާޒީގައި ހިންގާފައި ހުރިކަންކަން ރިފަރެންސަކަށް ބަލައިގެން ކުރިއަށް ވަޑައިގަތީމަ ރަނގަޅު ވާނެ. " ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން 89 ދާއިރާއަށް ވާދަކުރެއެވެ. އެޕާޓީން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އިންތިޚާބަށް ކެމްޕެއިންގެ ހަރަކާތްތައް ހިންގަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.