ޚަބަރު

ޗަމްޕާ ބްރަދާސްއިން ހަދިޔާ ކުރި ތަކެތި މިރޭ ބަހަން ފަށަނީ


  • މިތަކެތި ބަހަމުން ގެންދާނީ ހަމައެކަނި ރޭގަނޑު

  • އެތަކެތި ބަހާނީ އައިޑީ ކާޑަށް

  • 50،000 ކާށި، 50 ޓަނުގެ ކަރާ، 10 ޓަނުގެ ފިޔާ ހަދިޔާކޮށްފައިވޭ

ޗަމްޕާ ބްރަދާސްއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކާށި، ފިޔާ އަދި ކަރާ ބެހުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޗަމްޕާ ބްރަދާސްއިން ހަދިޔާކޮށްފައިވާ ތަކެތީ މިރޭ ބަހާނީ 9:00 އިން 12:00 އަށް ކަމަށެވެ. މާދަމާއިން ފެށިގެން މިތަކެތި ބަހަމުންދާނީ ހެނދުނު 9:30އިން 13:00އަށް އަދި ރޭގަނޑު 21:00އިން 12:00އަށެވެ. އައިޑީކާޑު ހިފައިގެން އައުމުން މިތަކެތި ދޫކުރަމުންދާނީ މާލޭގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިންނާއި ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިންގ އިން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ޗަމްޕާ ބްރަދާސްއިން މިއަހަރު 50،000 ކާއްޓާއި 50 ޓަނުގެ ކަރާގެ އިތުރުން 10 ޓަނުގެ ފިޔާ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ސިޓީކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.

މިދިޔަ ރަމަޟާން މަހުވެސް ޗަމްޕާ ބްރަދާސް އިން ވަނީ 15 ޓަނު ކަރަޔާއި ފަންސާސްހާސް ކާށި މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަހާފައެވެ.