ޚަބަރު

މާފުށީގައި ހިނގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި


  • ހޮސްޕިޓަލުގައި ދަނީ އެކަކަށް ފަރުވާ ދެމުން

  • 2 މާރާމާރީއެއް ހިނގާފައިވޭ

ކ. މާފުށީގައި ހިނގި މާރާމާރީއަކާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާފުށީގައި ރޭ ފަތިހު މާރާމާރީއެއް ހިނގާފައިވާކަމަށާއި، މާރާމާރީގައި ޒަހަމްވި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އެ ރަށުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާކަމަށެވެ. އަދި އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިއަދު އެ ރަށުގައި ހިނގި މާރާމާރީއަކާއި ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ ދެ މީހުންނަކީ ފަތިހު ހިނގި މާރާމާރީގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 2 މީހުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީޤުކުރަމުންދާކަމަށެވެ.