ޚަބަރު

އާދީއްތަދުވަހުގެރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ޒުވާނާ ނިޔާވެއްޖެ


  • އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ޒުވާނާއަށް ލިބިފައިވޭ

މިދިޔަ އާދީއްތަދުވަހުގެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެއެވެ.

ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 19 އަހަރުގެ މުހައްމަދު ލަޔާން ޝަރީފް ނަމަކަށް ކިޔާ ޒުވާނެކެވެ. އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން ބިނދިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވިއިރުވެސް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ލަޔާން ދުއްވި ސައިކަލް ޕާކްކޮށްފައި އޮތް ވޭނެއްގައި ޖެހިގެނެވެ.

ލަޔާން ޝަރީފްގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ މިރޭ 11:00 ޖެހިއިރު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ..