ކުޅިވަރު

އެއްވަނަ ސީޑް ނަދާލް ބާސެލޯނާ އޯޕަން ފައިނަލަށް


ޖާރމަނީގެ ފިލިޕް ހޯލްޝްރެއިބަރ ބަލިކޮށް ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް، އެއްވަނަ ސީޑް ރަފައެލް ނަދާލް ދަތުރުކޮށްފިއެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ސެޓްތަށް ނަދާލް ކާމިޔާބުކުރީ ހަޔެއް ތިނެއް އަދި ހަޔެއް ތިނަކުންނެވެ.

ސްޕެއިންގެ ރަފައެލް ނަދާލްއަށް މުބާރާތުގެ ފައިނަލުގައި ވާދަކުރަންޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ކެއި ނިޝިކޮރީއާއިއެވެ. 

ނިޝިކޯރީ ފައިނަލުން ޖާގަ ހޯދީ ފްރާންސްގެ ބެނިއޮތް ޕެއަރއާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ނިޝިކޯރީ ގެންދިޔައީ ހަޔެއް ތިނެއ އަދި ހަޔެއް ދޭކުންނެވެ. 

ޖަޕާނުގެ ނިޝިކޮރީއަކީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަނެވެ. އަދި ނިޝިކޯރީއާއި ދެކޮޅަށް ފައިނަލްގައި ނިކުންނަ ނަދާލްވަނީ މީގެ ކުރިން 8 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.