ކުޅިވަރު

ޖަރުމަން ލީގް ހޯދުމާއި ކައިރިއަށް ބަޔާން ޖެހިލައިފި


ޖަރުމަން ބުންޑަސް ލީގާގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ލީގް އުފުލާލުމާއި ކައިރިއަށް ބަޔާން މިޔުނިކް ޖެހިލައިފިއެވެ. 

ހާތާ ބާލިންއާއި ދެކޮޅަށް ބަޔާން ރޭ ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. ރޭގެ މެޗުގައި ބަޔާން މިޔުނިކްގެ ލަނޑުތައް ޖަހައިދިނީ އާރތޫރޯ ވިދާލް އަދި ޑަގްލަސް ކޮސްޓާއެވެ. 

ރޭގެ މެޗުން މޮޅުވެ ބަޔާން އަދިވެސް އޮތީ ބުންޑަސް ލީގާ ތާވަލްގެ އެއްވަނާގައި 7 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. ލީގު ކާމިޔާބުކުރަން ބާޔާނަށް ދެން ބޭނުންވަނީ ބަކީ އޮތް ތިން މެޗުން އެންމެ މޮޅެކެވެ. 

ބުންޑަސް ލީގާ ތާވަލްގެ ދެވަނާގައި އޮތީ ބޮރޫޝީއާ ޑޯޓްމުންޑެވެ. އެޓީމްވެސްވަނީ ރޭ ލީގުގައި ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ. 

ސްޓުޓްގާޑާއި ދެކޮޅަށް ކުޅުނު މެޗު ބޮރޫޝިއާ ޑޯޓްމުންޑް ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑްގެ ލަނޑުތައް ޖަހައިދިނީ ޝިންޖީ ކަގަވާ، ކްރިސްޓިއަން ޕުލިސިޗް އަދި ހެންރިކް މިޚްތަރިޔަނެވެ.