ކުޅިވަރު

ރިއާލް މެޗަށް ތައްޔާރުވެފައިވާ މިންވަރު ފެނިއްޖެ - ޕެލެގްރިނީ


ރޭގެ މޮޅަކީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ މެޗަށް ސިޓީ ތައްޔާރުވެފައިވާ މިންވަރު ދައްކާލަން ލިބުނު ފުރުސަތެއްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް މެނުއެލް ޕެލެގްރިނީ ބުނެފިއެވެ. 

ޕްރިމިއަރ ލީގުގައި ސްޓޯކް ސިޓީ އަތުން ހަތަރެއް ސުމަކުން މޮޅުވި މެޗަށްފަހު ކޯޗް ޕެލްގްރިނީ ބުނީ ރިއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗަށް ޓީމް ތައްޔަރުވެފައިވާ މިންވަރު ރޭ އެނގިއްޖެކަމަށެވެ. ރޭގެ މެޗުގައި ޕެލެގްރިނީވަނީ މުހިންމު ބައެއް ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. މެޗަށްފަހު ޕެލެގްރިނީ ބުނީ ކޮންމެ މެޗެއްގައިވެސް ފުރަތަމަ ގޯލް ޖަހާ ޓީމަކަށް މެޗު ކޮންޓްރޯލް ކުރުމުގެ ފުރަސަތު ލިބިގެންދާކަމަށާއި، ރޭ ފެނިގެންދިޔައީ އެކަންކަމަށެވެ. 

"ޓިމް ރިއާލް މެޗަށް ތައްޔާރުވެފައިވާ މިންވަރު ފެނިއްޖެ. މުޅި މެޗުގައިވެސް ޓީމުން ވަރަށް ރަނގަޅަށް ކުޅެފި، މިހާރު ބޭނުންވަނީ ރިއާލް މެޑްރިޑް ބަލިކުރަން" ޕެލެގްރިނީ ބުންޏެވެ.

ރޭގެ މެޗުގައި ދެ ގޯލް ޖެހި ޒުވާން ފޯވާޑް ކެލެޗި ޅިއަނާޗޯއަށް ޕެލެގްރިނީވަނީ ތައުރީފްކޮށްފައެވެ. ޕެލެންރިނީ ބުނީ ޅިއަނާޗޯއަކީ ސިޓީގެ މުސްތަގްބަލްކަމަށާއި، އޭނާއަށް ބޭނުންވަނީ ފުރުސަތުތަކެއްކަމަށެވެ. މިހާތަނަށް އޭނާއަށް ދިން ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފައިވާކަމަށް ޕެލެގްރިނީ ބުންޏެވެ. 

ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ޅިއަނާޗޯގެ އިތުރުން ފެނާންޑޯ އަދި ސާޖިއޯ އަގުއޭރޯއެވެ.