ޚަބަރު

އަންނަމަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ


  • ރަށު ޕިކަޕަކީ ބެޓެރިން އޮަޕަރޭޓްކުރާ އުޅަނދެއް

  • މިއީ ގޭގެގެ އަމިއްލަ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރާ އުޅަނދެއް

  • ރައީސް ވިދާޅުވީ 1800ރގެ ފީ މުޅިން އުވާލައްވާނެކަމަށް

ރަށް ރަށުގައި ދުއްވާ ރަށު ޕިކަޕުގެ ފީ އުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރ.ދުވާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރަށު ޕިކަޕަކީ ވިޔަފާރީގެ ބޭނުމަށްވުރެ ބޮޑަށް، ވަކިވަކި ގޭގައި އެ ގެއެއްގެ ބޭނުންތަކަށް ބޭނުންކުރާ ސައިޒުން ކުޑަ އުޅަނދެކެވެ. މިއީ މިހާރު ރަށްރަށުގައި ގިނަ އަދަދަކަށް ބޭނުންކުރާ އެއްގަމު އުޅަނދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމާވެއްޓާއި ރައްޓެހިކޮށް ކުރިއަށްގެންދާ މަސައްކަތްތަކަކީ ސަރުކާރުން އެކަންކަމަށް ވަރަށް ތަޢީދުކުރާ މަސައްކަތްތަކެއްކަމަށެވެ. އެގޮތުން ރަށްރަށުގައި ދުއްވާ ރަށު ޕިކަޕުތަކަކީވެސް ބެޓެރިން ދުއްވާ އެއްގަމު އުޅަނދުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އުޅަނދުތަކަކީ ބެޓެރިން އޮޕަރޭޓްކުރާ އުޅަނދުތަކަކަށްވާތީ، އެ ވެހިކަލްތަކުން ސަރުކާރަށް ދައްކާ ފީ ކަނޑާލަދިނުމަށް ވަރަށް ގިނަ ކައުންސިލްތަކުން ސަރުކާރުގައި އެދެމުންދާކަމަށެވެ.

އެހެންކަމުން، ރަށު ޕިކަޕުން ނަގާ އަހަރީ ފީ، އަންނަ މަހުން ފެށިގެން އުވާލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ.

"ރަށު ޕިކަޕަކީ ޕބެޓެރިން އޮޕަރޭޓްކުރާ އުޅަނދެއް. 1800 ރުފިޔާގެ ފީއެއް އެބަ ދަރުކާރަށް ދައްކާ. ރައްޔިތުންނަށް އެހާ ފަސޭހަވާ އުޅަނދަކަށްވުމާއި ބެޓެރިން ހިންގާ އުޅަނދަކަށްވާތީ އެ އުޅަނދުން ނަގާ ފީ އަންނަ މަހުން ފެށީގެން އުވާލަދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ވެގެންދާނީ ރައްޔިތުންގެ އިޙުސާސުތައް ދެނެގަނެ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސަރުކާރަކަށްކަމަށެވެ.

ރަށު ޕިކަޕަކީ ވިޔަފާރީގެ ބޭނުމަށްވުރެ ބޮޑަށް، ވަކިވަކި ގޭގައި، އެ ގެއެއްގެ ބޭނުންތަކަށް ބޭނުންކުރާ ސައިޒުން ކުޑަ އުޅަނދެކެވެ. މިއީ މިހާރު ރަށްރަށުގައި ގިނަ އަދަދަކަށް ބޭނުންކުރާ އެއްގަމު އުޅަނދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތަކުން މިސްކިތްތަކަށް ދައްކާ ބިލްތަކުގެ އަގު، ސަރުކާރު ރޭޓުން ޑޮމެސްޓިކް ރޭޓަށް ކުޑަކޮށްދެއްވުމަށްވެސް ނިންމަވާފައެވެ..