ޚަބަރު

ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑުން ކިހާދޫގައި ފެނުގައި ގަސްއިންދާ ސިސްޓަމެއް ގާއިމްކޮށްފި


  • ކިޔުކަންބާ އަދި ލެޓިއުސް ހެއްދޭނެ

  • މިކަމަށް ބޭނުންވާ ތަމްރީންވެސް ވަނީ ދީފައި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ގާއިމްކޮށްފިއެވެ.

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިންވަނީ ބީއެމްއެލްގެ މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އާއި ލެޓިއުސް ހެއްދުމަށް 4 ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމްކޮށްފައެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސްހެއްދޭނެއެވެ. މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށެވެ.

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޯނިކްސްއަށް ހޭލުންތެރިކުރުމަށް ތަމްރީން ތަކެއްވެސް ބާއްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.