ޚަބަރު

ގުޅި އަދި ކެޔޮދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ލިބިގެންދާނެ

  • ކ. އަތޮޅުގެ 5 ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިވޭ

  • ވ. އަތޮޅު 2 ރަށެއްގައި ވަނީ އޭޓީއެމް ގާއިމްކޮށްފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުޅި ރާއްޖެއަށް ބޭކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ.ގުޅި އަދި ވ.ކެޔޮދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

އެ ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ގުޅީގައި ފެށި އޭޓީއެމް ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިންގ ޚިދުމަތްތަކުގެ އިތުރުން ކ.އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން fަސް ރަށެއްގައި ބީއެމްއެލުން ވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ޤާއިމްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ޚިދުމަތް ދެމުންކަން އެ ބޭންކުން ފާހަގަކުރެއެވެ.

ވ.ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ދެމުންދާ ޚިދުމަތުގެ އިތުރުން ދެ ރަށެއްގައި ވަނީ އޭޓީއެމް ޤާއިމްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓްގެ ޚިދުމަތް ޤާއިމްކޮށްފައެވެ.